
ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގަނޫނު (12/2022) އަދި ފަންނީ އުފެއްދުންތައް ގިންތިކުރުމާބެހޭ ގަވައިދު (2022/168R) އާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމެގެ ކުރިން އެކަށީގެންވާ އުމުރުފުރާއަކަށް ގިންތިކުރުމަކީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ މައިގަނޑު މަސްޢޫލިއްޔަތެވެ. އަދި މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ، މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީވެސް ބިއުރޯގެ މަސްޢޫލިއްޔަތެކެވެ.

ދިވެހިރާއްޖޭގައި އާޓިސްޓިކް އުފެއްދުންތައް ގިންތި ކުރެވިފައިވަނީ 7 އުމުރުފުރައަކަށެވެ. އެއީ ޖެނެރަލް، (G) ޕޭރެންޓަލް ގައިޑެންސް (PG)، 12+, 15+, 18+, 18+R, އަދި PU އެވެ.
އިތުރަށް ބައްލަވާލެއްވުމަށް→←
ފަންނުވެރިން ގެ އުފެއްދުންތައް ޢާއްމުންނަށް ކުރުމުގެ ކުރިން އެ ގިންތި ކުރަނީ، ޢާއްމުންނަށް ސައްހަ އަދި ހަރުދަނާ މައުލޫމާތު ފޯރުކޮށްދިނުން ކަށަވަރުކޮށް، އެ އެފެއްދުމަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށެވެ. މީގެ އިތުރުން، ބިއުރޯއިން މަސައްކަތް ކުރަނީ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ގިންތިކުރުމުގެ މަސައްކަތް ޒިންމާދާރު އަދި އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ދިވެހިރާއްޖޭގައި އުފައްދާ އަދި އާއްމު ކުރެވޭ ފަންނީ އުފެއްދުންތައް ގިންތި ކުރުމުގެ ޤާނޫނާއި ގަވާއިދު
ކިޔާލެއްވުމަށް→←